އެމްޕީ އަލީ ފަޒާދު ޕީޕީއެމް ޕީޖީ ގްރޫޕުން ވަކިކޮށް މައްސަލަ ސުލޫކީ ކޮމިޓީއަށް

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަކިކޮށް އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ. ސުލޫކީ  ކޮމިޓީން މި މައްސަލައިގާ އެމްޕީ އަލީ ފަޒާދަށ...

05 Sep 2018 | 12:33

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަކިކޮށް އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސުލޫކީ  ކޮމިޓީން މި މައްސަލައިގާ އެމްޕީ އަލީ ފަޒާދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެ މީހަކު މިރެއަށް ހަމަޖެއްސުމަށެވެ. އަދި މައްސަލައިގާ ޖަވާބުދާރީވުމަށް މިރޭ 08:30 އަށް ޕީޕީއެމް އޮފީހަށް ދިއުމަށެވެ. އަދި ނުގޮސްފިނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެކަމަށްވެސް ބުނެފައިވެއެވެ.

އެމްޕީ އަލީ ފަޒާދު ޕީޕީއެމް ޕީޖީ ގްރޫޕުން ވަކިކޮށް ފިޔަވަޅު އަޅަން ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާއިރު އޭނާ މިހާރު ގެންދަވަނީ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް