ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު ފިލަން އުޅުނު މީހާ ހިފެހެއްޓި ތިން ފުލުހުންގެ އަގުވަޒަންކޮށްފި

އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެރޭ މާފަންނު ސަހަރާ ކައިރިން ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލަން މަސައްކަތްކުރި މީހާ ހިފެހެއްޓި ތިން ފުލުހުންގެ އަގުވަޒަންކޮށްފިއެވެ. މިދިޔަ އާދީއްތަ ދ...

05 Sep 2018 | 07:45

އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެރޭ މާފަންނު ސަހަރާ ކައިރިން ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލަން މަސައްކަތްކުރި މީހާ ހިފެހެއްޓި ތިން ފުލުހުންގެ އަގުވަޒަންކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި  މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް  އަޙްމަދު ޝިޔާމްގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި  ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ތިން ފުލުހުންގެ ދެއްކި ހިތްވަރަށް ސާބަސް ދެއްވައި، ޤާނޫނު ނެގެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ސާބިތުކަމާއެކު  ދެމިތިބުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ފަސްޖެހުމެއްނެތި، އިޚްލާސްތެރިކަމާއެކު ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވަނީ އެތިން ފުލުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން އަގުވަޒަންކުރުމުގެ ލިޔުން ދީފައެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ވަނީ މިތިން ފުލުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ނޮވެމްބަރު ތިނެއްގެ ހަނދާނީ އައްޑަނަ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް