ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން ރޭ އިއުލާން ކޮށްފިއެވެ. މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ނ...

05 Sep 2018 | 07:19

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން ރޭ އިއުލާން ކޮށްފިއެވެ. މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ ވޯޓާސް ރަޖިސްޓްރީ ކޮމިޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި 14141 ށް އެސްއެމްއެސް ކޮށްގެންވެސް ޗެކް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އާންމުކޮށްފައި މިވާ ވޯޓާސް ލިސްޓްގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 262،135 މީހުން ނަށެވެ.

އިންތިޚާބުގައި ވޯޓުލުމަށް 472 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 35 ފޮއްޓެއް ބަހައްޓަނީ ރިސޯޓްތަކު ގައެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގައި، އިންޑިޔާގެ ޓްރިވެންޑްރަމް އާއި، މެލޭޝިޔާގެ ކުއަލަލަމްޕޫރް އާއި، ސްރީލަންކާގެ ކޮލަމްބޯ ގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަންގައިވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް