ދަރަވަންދޫ ގައި ޕޮލިސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. ފުލުހުން ބުނ...

05 Sep 2018 | 06:17

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ.

ފުލުހުން ބުނާގޮތުން މިތަކެތި ނައްތާލާފައިވަނީ ސެޕްޓެމްބަރ 3ވަނަ ދުވަހު ދަރަވަންދޫ ކުނިގޮނޑު ސަރަޙައްދާ ދިމާ އަތިރިމަތީގައެވެ.

ސެޕްޓެމްބަރ 3 ވަނަ ދުވަހު ނައްތާލާފައިވަނީ، 167 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 143 ފުޅި ބަނގުރަލާއި 148 ބިޔަރު ދަޅެވެ. މިތަކެެއްޗަކީ 2018 ފެބްރުވަރީ 1 ން މެއި 31 ހާއި ހަމަޔަށް، ބ. ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެތިކަމަށް ފުލުުހުން ބުނެއެެވެ.

ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް