ބޯޑިން ސްކޫލްތަކަށް ފޮނުވައިގެން ކުދިންނަށް ކިޔަވައި ދިނުމަކީ ރާއްޖޭން ބޭރުގައި އާންމު ކަމެކެވެ. ވަކިން ޚާއްސަކޮށް ސެލެބްރިޓީން އެމީހުންގެ ދަރިން ޕަޕަރާޒީންގެ ކިބައިން ސަލާމަތް ކުރުމަށް އެކަން ކުރެއެވެ. ދާދިފަހުން އަބީޝޭކް އާ ވަނީ މިސުވާލު ނޫސްވެރިން ކުރިމަތި ކުރުވާފަ އެވެ. ސްވިޒަލެންޑްގެ ބޯޑިން ސްކޫލެއްގައި ހުރެގެން އަބީޝޭކް ބޮޑުވެފައި ވާއިރު އޭނާގެ 6 އަހަރުގެ ދަރިފުޅު އަރާދްޔާ ބޯޑިން ސްކޫލަކަށް ފޮނުވާނެ ތޯ ނޫސްވެރިން ސުވާލުކުރުމުން އަބީޝޭކް ބުނެފައި ވަނީ ބޯޑިން ސްކޫލަކަށް ފޮނުވާ ވަރަށްވުރެ އަދި އަރާދްޔާ މާ ކުޑަކަމަށެވެ.
އެހެންނަމަވެސް އަރާދްޔާ އާ އެވާހަކަ ދައްކާނެ ކަމަށް އަބީޝޭކް ބުންޏެވެ. އަބީޝޭކް ބުނީ އޭނާ ބޯޑިން ސްކޫލްގައި ހުރިއިރު ސިޓީ ލިޔެފައި ބައްޕަ އަށް ފޮނުވާ ކަމަށެވެ. ނަމަވެސް މިއީ ޓެކްނޮލިޖީގެ ޒަމާން ކަމަށާއި މިޒަމާނުގައި މުއާމަލާތް ކުރަން ސިޓީ ބޭނުން ނުވާނެކަމަށް އަބީޝޭކް ބުންޏެވެ. ނަމަވެސް މިހާރުވެސް އޭނާ އެހެންތަނެއްގައި އުޅޭނަމަ އަރާދްޔާ ސިޓީ ލިޔެފައި ފޮނުވާކަމަށް އަބީޝޭކް ބުންޏެވެ.
ކޮންމެއަކަސް އަރާދްޔާ އާއި އަބީޝޭކްގެ މެދުގައި އޮތް ގުޅުން މިކަމުންވެސް ހާމަވެގެން ދޭތާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް