އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) މިހާރު ހއ ށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި، މަޖިލީހުގެ ޕީޕީއެމްގެ މެމްބަރ އަލީ ފަޒާދު ބައިވެރިވެ ވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ތަމްސީލުކުރައްވާ އަލީ ފަޒާދު ރަސްމީކޮށް އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ހަރަކާތްތަކާއި މިއަދު މިވަނީ ގުޅި ވަޑައިގެންފަ އެވެ.
ދާދިފަހުން ފަޒާދުގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކަށް ވަޑައިގަތުމުން ފަޒާދުއަށް މަރުޚަބާ ކިޔާފައިވަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ނެވެ. އެއާއެކު ފަޒާދު އިދިކޮޅު ކޯލިޝަނާ ގުޅުނީ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި މިއަދު އިބޫ އާއެކު ހއ ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވުމުން، އެކަން ޔަޤީން ވެފައިވާއިރު ފަޒާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުން އިދިކޮޅާ ގުޅުނީ އެވެ. އެއީ ފަޒާދުގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ އަލީ ޝާހެވެ. ދެން ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަބްދުﷲ މަސީހެވެ.
ފަޒާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން ފައިވާއިރު، ވެރިކަން ކުރާ ޕީޕީއެމް އިން ވަކިކޮށް ފަޒާދުގެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތުވެސް ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް