ކަނޑިނމާ ރިސޯޓުގައި ޓޮމާޓޯ ފެސްޓިވަލެއް ބާއްވައިފި

މި އަހަރު ހުޅުވި ކަނޑިނމާ ރިސޯޓުގައި ޓޮމާޓޯ ފެސްޓިވަލެއް ބާއްވައިފިއެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޮމާޓޯ ފެސްޓިވަލް ކަމަށް މައުޅޫމާތު ލިބެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި "ލަ ...

05 Sep 2018 | 04:26

މި އަހަރު ހުޅުވި ކަނޑިނމާ ރިސޯޓުގައި ޓޮމާޓޯ ފެސްޓިވަލެއް ބާއްވައިފިއެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޮމާޓޯ ފެސްޓިވަލް ކަމަށް މައުޅޫމާތު ލިބެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި "ލަ ޓޮމާޓީނާ" ފެސްޓިވަލް އެ ރިސޯޓްގައި ބާއްވާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

އެ ފެސްޓިވަލްގައި 300 އެއްހާ މީހުން ބައިވެރިވިކަމަށާއި ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ ފެސްޓިވަލްގައި ބީޗު ގޭމްތަކާއި ޓޮމާޓޯ ފައިޓާއި ވާދެމުންފަދަ ކުޅިވަރުތައް ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ އިވެންޓު ކުރިއަށްގެންދިޔައީ ޑީޖޭއާއެކުކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް