ކެމްޕޭން ކުރެއްވުމަށް އިބޫ ހއ އަތޮޅަށް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ކެމްޕޭން ދަތުރުފުޅުގައި ހއ އަތޮޅަށް ވަޑައިގެންނެވުމަށް ފުރާވަޑައިގެންފިއެވެ. އިބޫގެ މިދަތުރުފުޅުގައި ހއ ގެ ހުރިހާ ރަށަކަށް ވަ...

05 Sep 2018 | 04:17

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ކެމްޕޭން ދަތުރުފުޅުގައި ހއ އަތޮޅަށް ވަޑައިގެންނެވުމަށް ފުރާވަޑައިގެންފިއެވެ. އިބޫގެ މިދަތުރުފުޅުގައި ހއ ގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މިދަތުރު ފުޅު ނިންމަވާލެއްވުމަށް އިބޫ އެނބުރި މާލެ ވަޑައިގެންނަވާނީ ހުކުރު ދުވަހުގެ ރޭގައެވެ.

ހއ އަތޮޅަށް އިބޫ މިކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ހއ އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޖަގަހަ ތައް ހުޅުއްވައި ދެއްވާނެއެވެ. އެންމެ ފަހުން އިބޫ ވަޑައިގެންނެވީ ގއ އަދި ގދ އަތޮޅުގެ ރަށްތަކަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރުމަށް އިދިކޮޅު ކޯލިޝަންގެ ޓީމުތަކުން އަންނަނީ އަތޮޅު ތަކުގައި ހަރަކާތް ތެރިވަމުން ނެވެ. އެގޮތުން މިހާރުވެސް ރައީސް މައުމޫނަށް ތާޢީދުކުރާ އެމްއާރުއެމް އިން އަންނަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް އަތޮޅު ތަކުގައި ހަރަކާތް ތެރިވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް