ދަރިވަރުންނަށް ދޮންކޭލެއް ބޭނުން ނުވާކަމަށާއި އެއޮތީ ޓެބްލެޓް ދީފައިކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
ރައްދު ދެއްވާފައިވަނީ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/MohamedNasheed/status/1037186927009705984
"މަނިކުފާނު ޓެބްލެޓް ބައްސަވާ، އަޅުގަނޑުމެން ކުދިންނަށް ދޭނީ އެންމެ ފައިދާބޮޑު ދޮންކޭލާ ކިރުތަށި" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ރައީސް ޔާމީނާއި ސުވާލެއް ކުރައްވާފައެވެ. އެއީ ކުއްޖެއްގެ ބަރުދަން ޗާޓު ދުވަހަކުވެސް ދެކެވަޑައިގަތިންތޯ؟ އެވެ.
"ހިއެއް ނުވޭ، އެހެންވެ ތިޔަ ވިދާޅުވަނީ ޓެބްލެޓޭ" ރައީސް ނަޝީދުގެ ޓްވީޓްގައި ވެއެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ކުއްޖާއަށް ޓީޗަރު ކިޔަވާދޭ އެއްޗެތި އެނގޭނީ ހަކަތަ ހުރެގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް