ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރަނީ އަންނަ އަހަރު؟

ބޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޮޕްރާ އާއި އެމެރިކާގެ ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް އިންޑިޔާގައި އެނގޭޖްމެންޓް ބޭއްވި ފަހުން މިހާރު ގިނަ ބަޔަކު ބަލަން ބޭނުންވަނީ އެ ދެ ތަރިން ކައިވެނި ކުރާނީ ކޮންއި...

05 Sep 2018 | 04:00

ބޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޮޕްރާ އާއި އެމެރިކާގެ ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް އިންޑިޔާގައި އެނގޭޖްމެންޓް ބޭއްވި ފަހުން މިހާރު ގިނަ ބަޔަކު ބަލަން ބޭނުންވަނީ އެ ދެ ތަރިން ކައިވެނި ކުރާނީ ކޮންއިރަކުތޯއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ދެ ތަރިންގެ ކައިވެނި އޮންނާނީ މިއަހަރުގެ އޮކްޓޯބަރ މަހުއެވެ. ނަމަވެސް ދާދިފަހުން ޕްރިޔަންކާގެ މަންމަ މަދޫ ޗޮޕްރާ މީޑިޔާއަށް ދީފައިވާ އިންޓަރވިއުއެއްގައި ވަނީ އެކަން ދޮގުކޮށްފައެވެ. ކައިވެނި ކުރާނެ ދުވަހެއް އަދި ކަނޑާނާޅާ ކަމަށާއި ދެމީހުންވެސް މިވަގުތު އިސްކަމެއް ދެނީ ކުރަންހުރި މަސައްކަތްތަކަށް ކަމަށް މަދޫ ވަނީ ބުނެފައެ ވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން މި ދެ ތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެމެރިކާ ގައެވެ. ކައިވެންޏަށް މިހާރު ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ކައިވެނި ކުރުމަށްފަހު ބޮޑު ޕާޓީއެއް މުމްބާއީގައި ބާއްވާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކައިވެންޏާ ބެހޭ ގޮތުން ވާހަކަދައްކަމުން ޕްރިޔަންކާގެ މަންމަ، މަދޫ ބުނެފައިވަނީ ބޭނުންވަނީ ޕްރިޔަންކާ އިންޑިޔާގެ ޘަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށްކަމަށާއި އެއީ އޭނަ އެދޭ ހަމައެކަނި އެދުންކަމަ ށެވެ. ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމެންޓްވެސް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިޔާގެ ޘަގާފަތާއެއް ގޮތަށެވެ.

ކޮންމެ އަކަސް މި ދެ މީހުންގެ ކައިވެނީގެ ކަންކަން ކުރިޔަށްދާނެ ގޮތުގެ މާބޮޑު ތަފްސީލުތަކެއް އަދި މީޑިޔާއާ ހަމައަށް ތިލަ ވެފައެއް ނުވެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތާންގައި އެކަމުގެ ތަފްސީލުތައް އިނގެމުން ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް