އައްޑޫ ސިޓީ މީދޫގައި ހުރި އެމްޑީޕީ ޖަގަހައެއްގައި އަލިފާން ރޯކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ "އެޑްވާންސް ޖަގަހަ" ނަމަކަށް ކިޔާ ޖަގަހައެއްގައެވެ. ރޭގެ ވަގުތެއްގައި ކަން އެނގުނު ނަމަވެސް ވަކި ގަޑިއެއް ސާފެއް ނުވެއެވެ.
އައްޑޫ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި އެމްޑީޕީ އެކްޓިވިސްޓަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ޖަގަހައިގާ ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ހުރި ސްޕީކަރުތަކާއި އަގުބޮޑު ސާމާނުތައް ވެސް ބޭނުން ނުކުރެވޭނެ އެވެ.
މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށާއި އެ ތަނުގައި ހުރީ އާއްމު ރައްޔިތުން ޚަރަދުކޮށްގެން ހޯދާފައި ހުރި މުދާ ކަމަށާއި ޖަގަހަ އަންދާލިޔަސް ރައްޔިތުންގެ ވޯޓެއް އަނިޔާވެރިންނަކަށް ނުލިބޭނެ ކަމުގައި އެކްޓިވިސްޓަކާއި ހަވާލާދީ އައްޑޫލައިވްގައި ބުނެފައިވެއެވެ.
މި މައްސަލައިގާ ފުލުހުންގެ ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް