ބީބީސީ ޓްރެވަލް ޕާޓްނަރަކަށް ހެރިޓަންސް އާރަށް ރިސޯޓް ހަމަޖައްސައިފި

ބީބީސީ ޓްރެވަލް ޕާޓްނަރަކަށް ރ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ހެރިޓަންސް އާރަށް ރިސޯޓު ހަމަޖައްސައިފިއެވެ. ބީބީސީގެ ޓްރެވަލް ޕާޓްނަރަކަށް ރާއްޖޭގެ ރިސޯޓެއް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ. ބީބީސީ ޓް...

05 Aug 2020 | 10:21

ބީބީސީ ޓްރެވަލް ޕާޓްނަރަކަށް ރ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ހެރިޓަންސް އާރަށް ރިސޯޓު ހަމަޖައްސައިފިއެވެ.

ބީބީސީގެ ޓްރެވަލް ޕާޓްނަރަކަށް ރާއްޖޭގެ ރިސޯޓެއް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.

ބީބީސީ ޓްރެވަލް ޕާޓްނަރުންގެ ގޮތުގައި ހަމަޖެހުމުން ހެރިޓަންސް އާރަށް ރިސޯޓުގެ މަޢުލޫމާތު ބީބީސީގެ ޗެނަލްތައް އަދި އޮންލައިން ހަބަރު ޕްލެޓްފޯމްތައް ގެނެސްދޭނެ އެވެ.

ބީބީސީ ޓީވީ، ރޭޑިއޯ ޗެނަލްތަކާއި އޮންލައިން ޕްލެޓްފޯމްތަކުގައި ބީބީސީގެ ޓްރެވަލް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ތަންތަނާއި، ވިޔަފާރިތައް  އިޝްތިހާރުކުރާނެއެވެ. އަދި މިތަންތަނުން ލިބެން ހުންނަ ހިދުމަތްތަކާއި، ޕްރޮމޯޝަންތައް ބީބީސީ ޕްލެޓްފޯމްތައް މެދުވެރިކޮށް ޕްރޮމޯޓްކޮށްދޭނެއެވެ.

2019 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވާލި ހެރިޓަންސް އާރަށަކީ ސްރީލަންކާގެ އެޓްކިން ސްޕެންސް ހޮޓެލްސްގެ ފަރާތުން ރާއްޖޭގައި ހިންގާ ހަތް ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް