މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގަ އޭނާގެ ކުރީގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ޝީރީން މަރާލާފައި އޮއްވާ ފެނުނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިންނެވެ.
މި މައްސަލައިގަ ދައުލަތުން ނަޖާހު އާއި ދެކޮޅަށް އުފުލީ ޝީރީން ގަސްދުގައި މަރާލި ކަމުގެ ދައުވާއެވެ. އެކަމަކު 2015 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ހުކުމްކޮށްފައި އެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ހުކުމް ކުރުމުގެ ޝަރީއަތުގައި ގާޒީ ކަނޑައަޅާފައިވަނީ ނަޖާހުގެ މައްޗަށް ޝީރީން މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.
ޝީރީން މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް