ގަވައިދަށް ނުފެތޭތީ އިއްޔެ 20 ތަނެއް ބަންދު ކުރި

ކޯވިޑް-19 އާއި ގުޅިގެން އަޅަން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ އިއްޔެ 20 ތަނެއް ބަންދުކޮށްފި އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބަލަން ކުރިޔަށ...

05 Aug 2020 | 06:52

ކޯވިޑް-19 އާއި ގުޅިގެން އަޅަން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ އިއްޔެ 20 ތަނެއް ބަންދުކޮށްފި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބަލަން ކުރިޔަށް ގެންދާ އިންސްޕެކްޝަންގައި އިއްޔެ 146 ތަނަކަށް އޮފިޝަލުން ޒިޔާރަތް ކޮށްފައިވެ އެވެ. އޭގެ ތެރެއިން 20 ތަނެއްގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުގައި ބުނާގޮތަށް އަޅާފައި ނުވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ސެލޫންތަކާއި ފިހާރަތަކެވެ. އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި އަށް ސެލޫން/ ބޯކޮށާތަނާއި ހަތް ފިހާރަ ހިމެނެ އެވެ.

އިއްޔެ ދެން ބަންދުކޮށްފައިވަނީ ތިން ރެސްޓޯރެންޓް/ ކެފޭ އަކާއި ދެ ޖިމް އެކެވެ. އެޗްޕީއޭގެ މި އިންސްޕެކްޝަންގައި ތަރުކާރީ މާކެޓް ތަކަށްވެސް ދެއެވެ.

މި އިންސްޕެކްޝަންގައި ފާހަގަވާ ގަވައިދާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރަ ޖެހެ އެވެ. އަލުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދެނީ އެޗްޕީއޭގެ މިންގަނޑަށް ކަންކަން ހަމަޖައްސައި އެކަން އެންގުމުން އެޗްޕީއޭއިން އަލުން އެތަންތަނަށް ގޮސް ބަލާ ފާސްކުރުމަށް ފަހު އެވެ.

މިހާތަނަށް 200 އާއި ގާތް ކުރާ އަދަދަކަށް ތަންތަން ބަންދުކޮށްފައިވާއިރު 50 އަށްވުރެ ގިނަ ތަންތަނަށް ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންކަން ފުރިހަމަ ކުރުމުން އަލުން ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް