ބޭންކް އޮފް މޯލްޑިވްސް އިން އަޟްޙާ ޢީދު ބަންދު ދުވަސްތަކުގެ ތެރެއިން 14 އޮގަސްޓް 2019 ވާ ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗެއް ހުޅުވުމަށް ނިންމައިފިއެވެ.
ބޭންކުން މައުލޫމާތުދެއްވާގޮތުގައި މި ގޮތަށް ބޭންކުން ނިންމީ ދިގު ޗުއްޓީ ގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކަސްޓަމަރުން ބޭނުންވާ ބޭންކިންގ ޚިދުމަތް، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުން ޤާއިމުކޮށްފައިވާ 46 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ޢީދު ބަންދު ތެރޭގައި ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ލިބޭނެއެވެ.
އަދި ބޭންކުގެ އޭޓީއެމް ނެޓްވޯކާއި، އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގ ޚިދުމަތާއި 24 ގަޑި އިރު ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތްވެސް ލިބޭނެއެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ޢީދު ބަންދު ތެރޭގައި ލިބޭނެއެވެ
މި ފުރުސަތުގައި ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް އަޟްޙާ ޢީދުގެ ތަހްނިޔާ ބޭންކުން ދަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް