ލަންޑަންގެ 'ޓޭޓް މޮޑަން އާޓް ގެލެރީ' ގެ 10 ވަނަ ފަންގިފިލާ އިން އެއްލައިލި ހަ އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ އެވެ.
ހަ އަހަރުގެ މި ކުއްޖާ އެއްލާލައިފައި ވަނީ އިއްޔެ ހެނދުނުއެވެ. މި ކުއްޖާ އެއްލައިލި 17 އަހަރުގެ ފިރިހެން ކުއްޖާ މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެކުއްޖާ އެއްލައިލި ވަގުތު ގޮސް ވެއްޓުނީ އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ޓެރަސް މައްޗަށެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އެވަގުތު އެންމެން ހީކުރީ އެކުއްޖާ މަރުވީ ކަމުގައެވެ. ވަގުތުން އެކުއްޖާ ވަނީ އެއަރ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދޭން ފަށާފައެވެ. އަދި މިހާރު އެކުއްޖާގެ ހާލު ރަގަޅު ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
އެ އިމާރާތުގެ 10 ވަނަ ފަންގިފިލާގައި ތިބި އެންމެން އެކުއްޖާ ވެއްޓުން އަޑަށް ވަނީ އެތަނަށް ޖަމާވެފައެވެ. އެކުއްޖާ އެއްލައިލީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ.
އެކުއްޖާ މަރުގެ ތުންފަތްމަތިން ސަލާމަތް ވުމީ އެންމެންނަށް ވެސް ލިބުނު ހައިރާން ކަމެކެވެ. އެކަމަށް އުފާކުރާކަމަށް ލަންޑަން ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް