ނަވާރަސަތޭކައިގެ ފަހުކޮޅު އެންމެ މަޝްހޫރުކަމެއް ހޯދި އެއް ފިލްމް "ހަމް އާޕްކޭ ހޭ ކޯން" ފިލްމަށް މިއަދު 25 އަހަރު ފުރިއްޖެއެވެ.
މާދުރީ ދިކްޝިތް އާއި ސަލްމާން ޚާންގެ "އައިކޮނިކް" ސީންތަކެއް މަޝްހޫރުވެގެން ދިޔަ މި ފިލްމް ނިކުތީ 1994 ވަނަ އަހަރުއެވެ. ރާޖްޝްރީ ޕްރޮޑަކްޝަންގެ ދަށުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ސޫރަޖް ބަރޖަޓިއާ އެވެ.
މި ފިލްމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ޝޯވ އެއް އެޅުވުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހު އިންޑިއާގެ ލިބަރޓީ ސިނަމާގައި މި ފިލްމް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމްގައި އުޅޭ ހުރިހާ ފަންނާނުންވެސް މި ޝޯވ ގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.
މި ފިލްމަށް ވަނީ ގިނަ އެވޯޑުތަކެއްވެސް ލިބިފައެވެ. އެގޮތުން މި ފިލްމަށް ވަނީ ނޭޝަނަލް އެވޯޑް ވެސް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް