ރަން ލާރި އެވޯޑު 17 ފަރާތަކަށް

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީރާ އިން ދޭ 'ރަން ލާރި' އެވޯޑު 17 ފަރާތަކަށް ލިބިއްޖެއެވ...

05 Aug 2019 | 06:28

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީރާ އިން ދޭ 'ރަން ލާރި' އެވޯޑު 17 ފަރާތަކަށް ލިބިއްޖެއެވެ.

މި އެވޯޑު ދީފައިވަނީ 2 އޮގަސްޓް 2019 ގައި ދަރުބާރުގޭގައި ބޭއްވި މީރާގެ އަހަރީ ޖަލްސާގެ ތެރޭގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދީފައި ވަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

މި ހަފްލާގައި، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގިންތިން މި އެވޯޑު ލިބިފައިވާ ފަރާތްތަކަކީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ،  ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އަދި ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ، ޝެވަލް ބްލަންކ ރަންދެލި، ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު، ކުރަމަތި މޯލްޑިވްސް، އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ހުޅުލޭ އައިލެންޑް ހޮޓެލް، ފޯ ސީޒަންސް އެކްސްޕްލޯރަރ، ސީސަން ޕެރަޑައިސް އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އެވެ.

ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ، ގަލޮޅު އޮޓޯ ގަރާޖް،  ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް އަދި ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޮމްޕެނީ ލިމިޓެޑުންނެވެ.

މީގެ އިތުރުން ވިތުހޯލްޑިންގ ޓެކްސްގެ ގިންތިން ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގިންތިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިންތިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ވެސް ވަނީ މި އެވޯޑު ލިބިފައެވެ.

ރަން ލާރި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރުކުވެސް ދެމުން އަންނަ އެވޯޑަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް