މީހަކު ރަހީނުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި އިއްޔެ ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް، ހޯމް މިނިސްޓްރީން ...

05 Aug 2019 | 05:08

މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި އިއްޔެ ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް، ހޯމް މިނިސްޓްރީން ކަނޑައަޅާތަކެއްގައި ބައިތިއްބައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފައި ވަނީ 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި ދެ ފިރިހެނުން އެ މީހާ ރަހީނުކުރީ ކީއްވެކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް