ނިމިދިޔަ ހަފްތާގެ ތެރޭގައި ޤަވާއިދާ ހިލާފަށް ޕާކްކޮށްގެން 460 އުޅަނދުގައި ސްޓިކާ ޖަހައިފިއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 460 ވެހިކަލެއްގައި މިދިޔަ ހަފްތާގައި ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުން ސްޓިކާ ޖަހާފައިވާ އަދަދެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
ހަފްތާއެއްގެ ތެރޭގައި 690 ސްޓިކާ ޖަހާފައިވާއިރު، މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެކުރިން ވިދާޅުވީ، އުޅަނދުތަކުގައި ސްޓިކާ ޖަހަމުން އަންނަނީ ޕާކު ކުރާނެ ތަން ދެއްކުމަށްފަހުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ޕާކްކުރާނެ ތަންތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށާއި، އެހެން ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ޕާކްކުރާނެ ތަންތަން ހަދައި އަދި ވެސް އިތުރަށް ހަދަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް