ރައީސްގެ ދެކަނބަލުން ސީޝެލްސް އިން ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މިއަދު ...

05 Aug 2019 | 04:09

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވިއިރު، ރައީސްގެ އަރިހުގައި ވަޑައިގަތް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ރައީސްގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ އެޤައުމުގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ސީޝެލްސްގެ ރައީސާއި ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫއިޤްތިޞާދުގެ ދާއިރާއާއި ދެ ޤައުމުގެ ފޮރިންމިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާޞިލުކުރުމަށް 4 ސްކޯލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން ސީޝެލްސް އަށް ވަޑައިގަތީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް