އިންޑޮނޭޝިޔާގެ ސުމްބަވާ ސަރަހައްދަސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށާއި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި ރެކްޓަރ މިންގަނޑުން 6.7 ގެ މި ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 04:46ގައި އެވެ.
އިންޑޮނޭޝިޔާގެ އެ ސަރަހައްދަކީ އާންމުގޮތެއްގައި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ނަމަވެސް އިންޑޮނޭޝިޔާއަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައި އެވެ.
މީގެ ހަފްތާއެއްގެ ކުރިންވެސް އިންޑޮނޭޝިޔާގެ އެ ސަރަހައްދަށް ބިންހެލުމެއް އައިސްފައި ވެ އެވެ. އެ ބިންހެލުމުގައި 17 މީހަކު މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް