ބުރިޖު މަތީ ކައިވެނީގެ ޑިމާންޑް ބޮޑުވެ ބައެއް ހަރަދުތައް އުނިކޮށް އައު ފޯމެއް ދޫކުރަން ފަށައިފި

މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ބުރިޖުމަތީގައި ކައިވެރނި ކުރުމުގެ ފުރުސަތާއެކު ހަރަދުތައް ސަރުކާރުން ދޭން ނިންމުމާއެކު އެކަމަށް އެދި ފޯމު ނަގާ އަދަދު ގިނަ ވުމުން ބައެއް ހަރަދުތައް އުނިކޮށް އައ...

05 Aug 2018 | 10:44

މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ބުރިޖުމަތީގައި ކައިވެރނި ކުރުމުގެ ފުރުސަތާއެކު ހަރަދުތައް ސަރުކާރުން ދޭން ނިންމުމާއެކު އެކަމަށް އެދި ފޯމު ނަގާ އަދަދު ގިނަ ވުމުން ބައެއް ހަރަދުތައް އުނިކޮށް އައު ފޯމެއް ދޫކުރަން ފަށައިފި އެވެ.

އެގޮތުން މިއަދު މެންދުރު ފަހުން ފެށިގެން ދޫކުރާ ފޯމުން އުނި ކުރުމަށް ނިންމާފައިވަނީ އަންހެންމީހާގެ ވެޑިން ޑްރެސް އަށް ދޭން ނިންމި 15000 ރުފިޔާ އާއި ފިރިހެންމީހާގެ ހެދުމަށް ދޭން ނިންމި 7000 ރުފިޔާގެ އިތުރުން ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް ދޭން ނިންމި 5000 ރުފިޔާ އެވެ.

މިއަދު ހެނދުނުއްސުރެ ފޯމުތައް ދޫކުރަމުންދިޔައީ އެ ހަރަދުތައްވެސް ހިމަނައިގެންނެވެ. ނަމަވެސް މިހާރު އެ ހަރަދުތައް ވަނީ ފޯމުން އުނިކޮށްފަ އެވެ.

މިކަމާއިމެދު ބައެއް މީޑީއާތަކަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ތަރުޖަމާނު އަހުމަދު ފަޒާލް ވިދާޅުވީ ވެޑިން ޑްރެސް އާއި ޒީނަތްތެރިވުމަށް ދޭ ފައިސާ ކަނޑާލީ ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް މިކަމށްލިބި ގިނަ ބަޔަކު ފޯމު ނަގަމުން ގެންދާތީ އެވެ.

އެގޮތުން މިއަދު ހެނދުނުން ފެށިގެން މިހާތަނަށް 250 އަށްވުރެ ގިނަ ފޯމު ނަގާފައިވާކަމަށް އޭނާ ބުނެފައި ވެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު 01:30 އިން ފެށިގެން ވަނީ އައު ފޯމެއް ދޫކުރަން ފަށާފަ އެވެ. އެ ފޯމުގައި އެ ހަރަދުތައް ވަނީ އުނިކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ ކައިވެނީގެ އެ ހަފްލާތައް އަންނަ މަހުގެ އެކަކުން ފަހަކާއި ދެމެދުގެ ދުވަސްތަކުގައި ބާއްވާށެވެ.

މިހާރު އުނިކުރި ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ކަމުގައިވާ ކައިވެނީގެ އިންތިޒާމާއި ސަޔާއި ފޮޓޯ ނެގުން އަދިވެސް އައު ފޯމުގައި ހިމަނާފައި ވެ އެވެ. ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ކޮންމެ ކައިވެންޏެއްގައި ބައިވެރިވެވޭނީ ގިނަވެގެން 50 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް