މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
މިކަން ހާމަކޮށް އީސީން ބުނެފައިވަނީ އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މިހާރު ދީފައިވާނެ ކަމަށެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށެވެ.
ހަސީން ވަނީ މީގެ ކުރިންވެސް މި ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް ބައެއް ކަންކަން އުނިވާތީ އޭރު ހުއްދަ ދީފައެއް ނުވެ އެވެ. މިދިޔަ އޭޕްރީލް މަހު ވެސް އާ ދެ ޕާޓީއެއް އުފައްދަން ބަޔަކު އީސީއަށް ހުށަހެޅި ނަމަވެސް އެ ދެ ފަރާތަކަށް އީސީއިން ހުއްދަ ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް