މަހްލޫފް ވޯޓުލާން ރަޖިސްޓްރީވީ މާލޭ ޖަލަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، މާލޭ ޖަލަށް ވޯޓުލާ ގޮތަށް ރީ ރަޖިސްޓްރީ ކޮށްފި އެވެ. މިކަން ހާމަކޮށް އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ޖަލަށް ވޯ...

05 Aug 2018 | 07:38

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، މާލޭ ޖަލަށް ވޯޓުލާ ގޮތަށް ރީ ރަޖިސްޓްރީ ކޮށްފި އެވެ.

މިކަން ހާމަކޮށް އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ޖަލަށް ވޯޓުލާން ރީ ރަޖިސްޓްރީ ފޯމު ހުށަހަޅާ ނިމިއްޖެ ކަމަށާއި ރީ ރަޖިސްޓްރީ ކުރަން ދެން ބާކީ އޮތީ އެންމެ ފަސް ދުވަސް ކަމަށެވެ. މަހްލޫފް މާލޭ ޖަލަށް ރަޖިސްޓްރީވެފައިވަނީ މާލޭގައި ގޭ ބަންދުގައި ތިބޭ ފަރާތްތައް ވޯޓުލާން ޖެހޭނީ މާލޭ ޖަލުގައި ބަހައްޓާ ފޮއްޓަށް ކަމުގައިވާތީ އެވެ.

https://twitter.com/AhmedMahloof/status/1025994891191496704

"ލަސް ނުކޮށް ރީ ރަޖިސްޓްރީ ކުރައްވާ، މަޖުބޫރުން ފޮނުވި ފޯމު ހުށަހެޅިތޯ ޔަގީން ކުރައްވާ، އޮރިޖިނަލް ސްލިޕް ހޯއްދަވާ" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ރީރަޖިސްޓްރީ ކުރުމުގައި އެ އޮފީހަކުން ނުވަތަ އެ ކުންފުންޏަކުން ހަރަކާތްތެރިވާތީ އެކަމަކީ ވޯޓުގައި މަކަރު ހެދުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަ ކުރެ އެވެ. އެހެންކަމުން ރަޖިސްޓްރީ ވެފައިވަނީ ރަނގަޅު ފޮއްޓަށްތޯ ބަލާ ކަށަވަރު ކުރުމަށްވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ކޯލީޝަނުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް