ސަރަހައްދީ ސަލާމަތާއިބެހޭ މަޝްވަރާތަކެއް ޕާކިސްތާނާއި ރާއްޖެއިން ބާއްވައިފި

ސަރަހައްދީ ސަލާމަތީ ކަންތައްތަކާއިބެހޭ މަޝްވަރާ ބައްދަލުވުމެއް ޕާކިސްތާނާއި ދިވެހިރާއްޖެއިން ބާއްވައިފި އެވެ. އެގޮތުން މި ބައްދަލުވުން ބާއްވާފައިވަނީ ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ސަލ...

05 Aug 2018 | 05:38

ސަރަހައްދީ ސަލާމަތީ ކަންތައްތަކާއިބެހޭ މަޝްވަރާ ބައްދަލުވުމެއް ޕާކިސްތާނާއި ދިވެހިރާއްޖެއިން ބާއްވައިފި އެވެ.

އެގޮތުން މި ބައްދަލުވުން ބާއްވާފައިވަނީ ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ސަލީމާއި ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް، ޤަމަރް ޖާވެދް ބަޖްވާއާ ދެމެދުގައި އެވެ. މި މިމަޝްވަރާތައް ކުރިޔަށް ގެންދިޔައީ ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހުންނަ އާރމީގެ ޖެނެރަލް ހެޑް ކުއަޓާޒްގައި އެވެ.

މި ބައްދަލުވުމާއި ބެހޭގޮތުން ޕާކިސްތާނުގެ އިންޓަރ-ސާވިސަސް ޕަބްލިކް ރިލޭޝަންސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ.

އަދި މިބައްދަލްވުމުގައި ސަފީރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި ސަރަހައްދީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި ކަމަށާއި އަދި މިހަނގުރާމައިގައި ޕާކިސްތާނަށް ކުރިމަތިވާ ދަތިތަކާއި ވަމުންދާ ގުރުބާނީގެ މައްޗަށް ސަފީރު އަލިއަޅުއްވާލެއްވި ކަމަށް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް