ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ކޯލީޝަނުން ކުރިއަށްގެންދާ ކެމްޕޭނު ދަތުރުތަކުގައި އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތ އަދި ލ އަތޮޅަށް، ރަނިންމޭޓް ފައިސަލް ނަސީމް ވ އަތޮޅަށް ވަޑައިގެންފި އެވެ.
އިދިކޮޅު ކޯލީޝަނުން ހާމަކޮށްފައިވާގޮތުގައި ކެނޑިޑޭޓްގެ ފުރަތަމަ މަންޒިލަކީ ތ އަތޮޅެވެ. އެގޮތުން ތ އަތޮޅު ތިމަރަފުއްޓަށް މިހާރު ވަޑައިގެންފައިވާއިރު މިރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ކޯލީޝަނުން ހާމަކުރެ އެވެ. އަދި ތ އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރެއްވުމަށްފަހު އިބޫ ލ އަތޮޅަށް ވަޑައިގަންނަވާނެކަމުގައިވެސް އިދިކޮޅު ކޯލީޝަނުން ބުނެ އެވެ.
އިބޫ ތ އަދި ލ އަށް މިއަދު ދަތުރު ފައްޓަވާފައިވާއިރު ރަނިންމޭޓް ފައިސަލް ނަސީމް ވ އަތޮޅަށް ފުރާވަޑައިގެންނެވީވެސް މިއަދު އެވެ. ފައިސަލްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށަށް ފައިސަލް އަދި ކެމްޕޭން ޓީމު ޒިޔާރަތްކުރައްވާނެކަމުގައިވެސް އިދިކޮޅު ކޯލީޝަނުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް