ފިލުމުގައި ޝައިމަށް އެހީވި ދެމީހަކު ހައްޔަރުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލުމުގައި އެހީވި ދެމީހަކު ހައްޔަރުކޮށްފިއެވެ. ދެމީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށ...

05 Jul 2019 | 05:26

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލުމުގައި އެހީވި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދެމީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ސީޕީ ވިދާޅުވެފައިވަނީ ކަމާބެހޭ ފަރާތްތަކަށް ފިލައިގެން އުޅުމުގައި ޝައިމަށް އެހީތެރިކަން ފޯރުކޮށްދިން ދެމީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ކިހާ އިރަކު ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެމީހުންނާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

https://twitter.com/M_Hameedh/status/1147006782146899968

ޝައިމް ފިލުމުން، ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. މާލޭ ގެއެއްގެ ތެރެއިން ޝައިމް ހޯދާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ޝައިމް މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފިލުމުގައި ޝައިމަށް އެހީތެރިވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް