މާމިގިލީގައި ހުޅުވި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރަށް ފުރަތަމަ ބޯޓު ބަނދަރުކޮށްފި އެވެ.
މި ބަނދަރު ރަސްމީކޮށް ހުޅުވީ މިއަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
މިއަދު އެ ބަނދަރަށް އައިސްފަވަނީ "އެމްވީ ކިބީ" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު އައިސްފައިވަނީ ސިންގަޕޫރުން، ޕްރޮޖެކްޓަކަށް ބޭނުންވާ ކާގޯ ހިފައިގެން ނެވެ. ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން މާމިގިލީ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ބޯޓުގެ ފަޅުވެރިންނަށް އެރުވި އެވެ.
އެ ބޯޓުގެ ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަަށް ކައިރި ކުރެވޭ ގޮތަށް، އެ ބަނދަރު ހަދާފައިވަނީ 1،300 މީޓަރު ދިގުމިނުގަ އެވެ. މާމިގިލީގައި ހަދާފައިވާ ބަނދަރަކީ ވިލާ ގްރޫޕުން އެ ރަށުގައި ހަދާފައިވާ ބަނދަރެކެވެ.
އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާާއި ސ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް