ސްޓޮކް މަދުވުމުން 10 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓު ޗާޕްކޮށްފި

ރަންދިހަ ފަހެއް ނޫޓު ސީރީސް ތައާރަފު ކުރި ފަހުން ފުރަތަމަ ފަހަރަށް ފައިސާ ޗާޕުކޮށްފި އެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ފަހަރަށް ޗާޕުކޮށްގެން ގެނ...

05 Jul 2018 | 11:15

ރަންދިހަ ފަހެއް ނޫޓު ސީރީސް ތައާރަފު ކުރި ފަހުން ފުރަތަމަ ފަހަރަށް ފައިސާ ޗާޕުކޮށްފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ފަހަރަށް ޗާޕުކޮށްގެން ގެނެސްފައިވަނީ "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 10 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓު ކަމަށެވެ. ޗާޕު ކުރަން ޖެހުނީ 10 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނީ އެ ނޫޓުތައް ރާއްޖެ ގެނައީ މިއަދު ކަމަށެވެ. އަދި މިހާރު ނޫޓުތައް ވަނީ ހަޒާނާގައި ރައްކާކޮށްފައި ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން ޖެނުއަރީ 26، 2016 ގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް