މަތިވެރީގައި ނަރުދަމާ އަދި ނިލަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރަން ހަވާލުކޮށްފި

އއ. މަތިވެރީގައި ނަރުދަމާ ނިޒާމު ގާއިމްކޮށް، ފ. ނިލަންދޫގައި ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެނ...

05 Jul 2018 | 09:38

އއ. މަތިވެރީގައި ނަރުދަމާ ނިޒާމު ގާއިމްކޮށް، ފ. ނިލަންދޫގައި ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާއި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

މަތިވެރީގެ ނަދުރަމާ ނިޒާމު ގާއިމު ކުރުމަށް އެ ކުންފުންޏާއި ހަވާލު ކުރީ 13.6 މިލިޔަން ރުފިޔާއަށެވެ. އަދި ނިލަންދޫގެ ފެނުގެ ނިޒާމް ގާއިން ކުރަން ހަވާލު ކުރީ 16.7 މިލިޔަން ރުފިޔާ އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތް ނިންމަން ހަވާލު ކޮށްފައިވަނީ މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި ދެ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ ލޭބަ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ދޫކުރާނީ އެސްޓީއޯ އިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް