ފްލެޓު ފޯމު ބަލައިގަތުން އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

"ހިޔާ މަޝްރޫއު" ގެ ދަށުން ހުޅުމާލެއިން ދޫކުރާ ފްލެޓުތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ. ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ނޫސްވެ...

05 Jul 2018 | 09:21

"ހިޔާ މަޝްރޫއު" ގެ ދަށުން ހުޅުމާލެއިން ދޫކުރާ ފްލެޓުތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ މަހުގެ 31 ގެ ނިޔަލަށް ފޯމް ބަލައިގެންނަ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ފްލެޓަށް އެދުމަށް ފޯމު ނެގި މީހުންގެ ނިސްބަތަށް ބަލައި އެ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފްލެޓަށް އެދޭ ފޯމު ދޫކުރަން ފެށުމުން ގާތްގަނޑަކަށް 50،000 އަށްވުރެ ގިނަ ފޯމު ނަގާފައިވާ ކަމަށެވެ. އެހެންވެ އެ މިނިސްޓްރީން އުންމީދު ކުރަނީ ގިނަ ބަޔަކު ފްލެޓަށް އެދި ފޯމު ހުށަހަޅާނެ ކަމަށެވެ.

ފްލެޓަށް އެދޭ ފޯމު ހުށަހެޅުމާއި، ފޯމު ދޫކުރުން އަދި މައުލޫމާތު ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް މިހާރު ކުރަމުންދަނީ ދަރުބާރުގޭގައި އެވެ. މިނިސްޓަރު މުއިޒު ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން އެހުރިހާ ހިދުމަތެއް ދޭނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން މިމަހުގެ ނިޔަލަށް ފޯމު ބަލައި ގަނެ ނިންމުމަށް ފަހު އަންނަ މަހު ފޯމު ލީމީހުގެ އާންމު ހާލަތު ދެނެގަތުމަށް ގޭގެއަށް ޓީމުތައް ދާން ފަށާނެ އެވެ.

ފްލެޓު ފޯމު ބަލައިގެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ އަދަދެއް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވ.

މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން 7،000 ފްލެޓު ދޫކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް