މިހާރު ހިނގަމުންދާ އިޤްތިޞާދީ އެއްވެސް މަޝްރޫއެއް އޭނާގެ ސަރުކާރުގައި ނުހުއްޓުވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ އެލް.ޖީ.އޭގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ހުސައިން ވިދާޅުވެއްޖެއެވެ.
މިސަރުކާރުން ހިންގަވާ އިޤްތިޞާދީ މަޝްރޫޢުތަކަށް ހައްދަވާނީ ކިހިނެއްތޯ ސުވާލުކުރުމުން ޝުޖާޢު ވިދާޅުވީ " ރައްޔިތުންނަށް ފައިދާކުރާ އިޤްތިޞާދީ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނަން، އެކަމަކު މަޝްރޫޢުތައް ރިވިއުކުރަންޖެހޭ، ކަރަޕްޝަނަށް މަގުފަހިނުވާނެގޮތަށް ކަންކަން ބަދަލުކުރާނަން"
ޝުޖާޢު ވިދާޅުވީ ހިނގަމުންދާ ސަރުކާރަކުން ކުރާ އިޤްތިޞާދީ މަސައްކަތްތައް އަލަށްހަވާލުވާ ސަރުކާރުން ހުއްޓުވުމަކީ އޭގެ ނިކަމެތިން ރައްޔިތުނަށް ލިބޭނެ ކަމެއްކަމަށެވެ. " އެއްބަސްވުމުގެ މަރުހަލާގައިވާ އިޤްތިޞާދީ މަޝްރޫޢުތައްވެސް އުސޫލުތަކުގެ މަތިން ކުރިއަށް ގެންދިއުމަށް ފުރުސަތު އޮންނާނެ" ޝުޖާޢު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަމަށް ވިދާޅުވެ ޝުޖާޢު ގެންދަވަނީ އޭނާގެ ރިޔާސީ ކެންޕޭން ވައުދުތައްވެސް ހާމަކުރައްވަމުންނެވެ. ޝުޖާޢުގެ އިތުރުން ރައީސް ޔާމީނާއި އުމަރު ނަސީރާއި އަދި އިބްރާހީމް މުޙައްމަދު ސާލިޙްވެސް ގެންދަވަނީ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް