މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯގެ ވަގުތީ ޕެޓްރޯލް ޝެޑެއް ހުޅުވައިފި އެވެ.
އެސްޓިއޯއިން ބުނީ އެތަނުން ޕެޓްރޯލް އަޅައިދޭނީ ސައިކަލްތަކަށް އެކަނި ކަމަށެވެ. އަދި ރޭން ފެށިގެން އެ ޕެޓްރޯލް ޝެޑްގެ ޚިދުމަތް އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ތަނުގައި ސައިކަލުތަކަށް ޕެޓްރޯލް އަޅަން ދެ ޕަމްޕު ބަހައްޓާފައިވެ އެވެ.
އެ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް އުޅުވީ މިހާރު ޕެޓްރޯލް އެޅުމަށް ހާއްސަކޮށްފައިވާ ދެ ޕެޓްރޯލް ޝެޑު ހިމެނޭ ސަރަހައްދުގައި ކިޔޫގައި ޖެހި މަގުތަކަށް ބާރު ބޮޑުވާތީ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިހެން ދިމާވަނީ އެ ސަރަހައްދުތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ސަބަބުން ނެވެ. އެކަމަށް މި ޝެޑު ހުޅުވުމުން ހައްލު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން މާލޭގައި ތިން ޝެޑެއް ހިންގަ އެވެ. އޭގެ ތެރެއިން ކާނިވާ ކައިރީގައި ހުންނަ ޝެޑާއި އައިޖީއެމްއެޗު ކައިރީގައި ހުންނަ ޝެޑަކީ ޕެޓްރޯލް އެޅުމަށް ހާއްސަ ދެ ޝެޑެވެ. ސްޓެލްކޯ ބިއްދަށުގައި ހުންނަ ޝެޑަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޝެޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް