ދަފްތަރުގައި ރަޖިސްޓްރީ ވިޔަސް ވޯޓުލުމުގެ ހައްގެއް ނުގެއްލޭނެ

މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވިޔަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ...

05 Jul 2018 | 03:22

މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވިޔަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލިޔަސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލޭ ފަދަ ކަމެއް މެދުވެރި ނުވާނެ ކަމުގެ ޔަގީންދަށް ދެއްވާ ކަމަށެވެ. އަދި ވޯޓުލުމުގެ ފުރުސަތު ގެއްލޭ ފަދަ ނުވަތަ ވޯޓުލުމުގެ ހައްގަށް އުނިކަމެއް އަންނަ ފަދަ ކަމެއް ވެސް އޭގެ ސަބަބުން މެދުވެރި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1014492090263220224

މިނިސްޓަރު މިހެން ވިދާޅުވި އިރު މިމަހުގެ އެއް ވަނަ ދުވަހުން ފެށީގެން ރަށްވެހިކަން ބަދަލު ކޮށްފި ނަމަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ގެއްލިދާނެތީ އެކަމަށް ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައި އެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އަލުން ހުޅުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް