ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފު ކޮށްފި

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް، "ނިރު އެކްސެލެރޭޓަ" ގެ ނަމުގައި އުރީދޫން ތައާރަފު ކޮށްފި އެވެ. މި ޕްރޮގްރާމަކީ މުޖުތަމައުއަށް މަންފާކުރާ އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެ އާއި ބޭރުގެ މ...

05 Jul 2018 | 03:05

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް، "ނިރު އެކްސެލެރޭޓަ" ގެ ނަމުގައި އުރީދޫން ތައާރަފު ކޮށްފި އެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުއަށް މަންފާކުރާ އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެ އާއި ބޭރުގެ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ތައާރަފު ކުރި ޕްރޮގްރާމެކެވެ. އުރީދޫއިން ބުނީ މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިތަކުން މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުދި އަދި ކުރިއަރަމަުން އަންނަ ވިޔަފާރިތަކަށެވެ. އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ޙުސައިން ނިޔާޒް ވިދާޅުވީ އޭގެ ބޭނުމަކީ އާންމު ހާލަތަށް ވުރެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

އުރީދޫން ބުނީ ނިރު އެކްސެލޭޓާގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވަހި އަންނަ މަހު ބާއްވާ ހެކަތޮން ތެރޭގައި ކުރިޔަށް ދާނެ ކަމަށެވެ. އެގޮތުން، ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި ވިޔަފާރީގެ ބިންގާތަކާއި ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހެކަތޯންގައި ހުށަހަޅާ ކޮންސެޕްޓުތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓާގައި ބައިވެރިކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ނިރު އެކެސެލްރޭޓާގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާ ގުޅުންހުރުމާއި ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭ ފަދަ ކޮންސެޕްޓަކަށްވުމާއި ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ފޯރުކޮށްދެވޭ ޚިދުމަތަކަށްވުމާއި ކެޕިޓަލް އެފިޝަންޓްވުމާއި އެކު ލިބިގެންދާ ސީޑް ފަންޑިން މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ އުފެއްދުމަކަށް ވުން އަދި ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި މީހުން ތިބުމުގެ އިތުރުން އެކްސެލެރޭޓާގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ މީހުންނަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވާކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ މީހުންނަށް ވާން ޖެހެ އެވެ.

މި ޕްރޮގްރާމަށް ހުށަހަޅަން ޖެހޭ ޝިއާރުތަކަތަކީ "ގުޅިފައިވާ މުޖުތަމައު" އާއި "ގުޅިފައިވާ ސިޓީ" އާއި "މާލީ ޚިދުމަތްތައް" އަދި "ސްމާޓް ޚިދުމަތްތައް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް