ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންތަކެއް ކާނިވަލުގައި އެއްވުމެއް ބާއްވައިފި އެވެ.
މި އެއްވުމުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހަވީރު ބޭއްވި މި އެއްވުމާއި ގުޅޭގޮތުން މިނިސްޓަރު ޝައިނީ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި އެއްވުމުގައި 500 ޒުވާނުން ބައިވެރިވި ކަމަށެވެ. އަދި މި އެއްވުމުގައި އެ ޒުވާނުން ރައީސް ޔާމީނަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މިއަދުގެ އެއްވުމުގައި ޒުވާނުން ވަނީ އިތުރު ދައުރަކަށް ރައިސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައި އެވެ.
ޒުވާނުން ބޭއްވި އެއްވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާޒިލް ވިދާޅުވީ މިއަދު ކާނިވަލަށް ގޮސް ތިބީ މަސްއޮޑި، ކުޑަހެންވޭރު، ލޮރެންޒޯ، ވޯންޓެޑް، ޕީކޭ، ބަނޑޭރިކޮށި ސަރަހައްދަށް ނިސްބަތްވާ ޒުވާނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް