ސަލްމާންގެ ޓިއުބްލައިޓަށް 11 ދުވަސްތެރޭގައި 111 ކަރޯޑު ހަމަކުރެވުނީ ހަމަ ކިރިޔާ

ސިނެމާތަކުގައި މިހާރު ދައްކަމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ޓިއުބްލައިޓް" އަށް އިންޑިއާގެ ބޮކްސް އޮފީސްގައި 11 ދުވަހުގެ ތެރޭގައި 111 ކަރޯޑު ހަމަކުރެވުނީ ހަމަ ކިރިޔާ އެވެ. ސަލްމާންގެ އެ ފިލްމަށް ވަ...

05 Jul 2017 | 10:58

ސިނެމާތަކުގައި މިހާރު ދައްކަމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ޓިއުބްލައިޓް" އަށް އިންޑިއާގެ ބޮކްސް އޮފީސްގައި 11 ދުވަހުގެ ތެރޭގައި 111 ކަރޯޑު ހަމަކުރެވުނީ ހަމަ ކިރިޔާ އެވެ.

ސަލްމާންގެ އެ ފިލްމަށް ވަރަށް އުއްމީދު ކުރެވުނެވެ. އަދި އާމިރް ޚާންގެ ފިލްމު "ދަންގާލް" އަށް ވުރެ ކުރިއަށް އެ ފިލްމު ޖެހޭނެކަމަށް ވަރަށް ގިނަ ފަރާތްތަކުން ލަފާވެސް ކުރި އެވެ.

އެހެންނަމަވެސް ފިލްމު ބަލާމީހުންނާއި، ކްރިޓިކްސްއިން އުއްމީދު ކުރެވުނު ވަރުގެ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ނިކުތް ސަލްމާންގެ ފިލްމުތަކަށް ވުރެ މި ފިލްމަށް 11 ދުވަހުގެ ތެރޭގައި ލިބު އާމްދަނީ ކުޑަ އެވެ.

އިންޑިއާގެ ބޮކްސް އޮފީސްގައި ނަކާމިޔާބުބިޔަސް ކަބީރު ޚާން ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ވޯލްޑް ބޮކްސް އޮފީސްގައިވަނީ 200 ކަރޯޑުގެ އާމްދަނީއެއް މިހާތަނަށް ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް