ކޯޓުން އަމުރު ނެރުމުގެ ކުރިން ޕާޓީން ވަކިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރުންނަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފި އެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ޕާޓީން ނެރޭ ވިޕްލައިނަކާ ހިލާފުވެ ނުވަތަ ޕާޓީން ވަކިވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ބަންޑާރަ ނާއިބު ސުޕްރީމް ކޯޓަށް އިސްލާހު ހުށަހަޅުއްވާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމާއި ގުޅިގެންނެވެ.
އަލީ ހުސައިން ވިދާޅުވީ ކޯޓު އަމުރެއް ނެރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. ޕީޕީއެމްއިން ވަކިވުމަށް ގޮވާލާފައިވަނީ އިސްލާހަށް ތާއީދު ކުރައްވާ މެންބަރުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
https://twitter.com/AleeVoice/status/882216761021546496
މެންބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމަށް ގޮވާލެއްވި އިރު އިއްޔެ ދިއްޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް