ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ގއ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގައިވާ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން ވަނީ އެ ސަރަހައްދަ...

05 Jul 2017 | 10:05

ގއ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގައިވާ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް މިރޭ އިރުއޮއްސި 6:30 ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައި އެވެ. ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިދަވާނެ އެވެ.

މެޓް އޮފީހުން ބުނީ އެ އަތޮޅުތަކުގެ މަތީގައި ވިއްސާރަ ވިލާ އުފެދެމުންދާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ހާއްސަކޮށް ގަދަ ވައިގެ ސަބަބުން ގެއްލުން ލިބޭ ސަރަހައްދުތަކުގައި އާއި ފެން ބޮޑުވެދާނެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

މިދިޔަ މެއި ޖޫންގައި ކުރި ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ މި ސަރަހައްދުތަކުގެ ރަށްރަށަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު ގދ. ތިނަދޫއަށް ވެސް ވަނީ ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެފައި އެވެ. އަދި މިދިޔަ ހަފްތަގައި ކުރި ވިއްސާރާއިގައި ގއ. ވިލިނގިލީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ގޭގެއަށް ފެންވަދެފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށެވެ. އާންމުގޮތެއްގައި ކަނޑުތައް މަޑުވެފައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް