ރައީސް ނަޝީދު ލަންކާގައި!

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ. ލަންކާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގައި ދިރިއުޅުއްވާ އެމްޑިޕީގެ އިންޓަނޭޝ...

05 Jul 2017 | 09:42

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ލަންކާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގައި ދިރިއުޅުއްވާ އެމްޑިޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ.

ނަޝީދުގެ މި ދަތުރުފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި މި ދަތުރުފުޅަކީ މީގެ ކުރިން ކުރި ދަތުރުފުޅުތަކެކޭ އެއްގޮތަށް ލަންކާގައި ތިއްބާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށް ބެލެވެ އެވެ. މަހަކަށް ވުރެ ގިނަ ދުވަހު ލަންކާގައި ހުންނެވުމަށް ފަހު ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގެންނަވާނެ ކަމަށް އެމްޑިޕީގެ ޗެއާޕާސަން ހަސަން ލަތީފު މިދިޔަ ހަފްތާގައި މީޑިއާގައި ވިދާޅުވެފައިވެ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގަ 13 އަހަރުގެޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދު އުޅުއްވަނީ ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް އެގައުމުން ހިމާޔަތް ހޯއްދަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް