ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ ދެ ގާނޫނީ ވަކީލުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އަދީބުގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ މަހުފޫޒު ސައީދާއި، މޫސާ ސިރާޖެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މަހުފޫޒު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ އަދީބު އަވަހާރަކޮށްލަން އުޅޭކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހުށަހެޅި ސިޓީ އާއި ގުޅިގެން ކަމަށެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 2:00 އަށެވެ.
މަހުފުޒު ސައީދު ކޮމިޝަނާ އޮފް ޕޮލިސް އަރީފަށް ފޮނުއްވާފައިވާ ސިޓިއެއްގައި ވިދާޅުވެފައިވަނީ އަދީބު މަރާލަންރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ތަހުގީގުކޮށްދިނުމަށް އެދޭކަމަށެވެ. އަދި އެފަދަ ކަމެއް ދޫނިދޫ ޖަލުގައި އޮއްވަ މެދުވެރި ނުވާނެ ގޮތެއް ހަދައިދިނުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް