ޓްރިވެންޑްރަމް އެއާޕޯޓުން މަސްތުވާތަކެއްޗާއި އެކު ދިވެއްސަކު ހައްޔަރުކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އާއި އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރު...

05 Jul 2017 | 07:22

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އާއި އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ލުތުފީ މުހައްމަދު ކިޔާ މީހެކެވެ. އޭނާ އަތުން 700 ގްރާމްގެ ހަޝިޝް އޮއިލް ޕެކެޓް ފެނިފައިވެ އެވެ.

ހަޝިޝް އޮއިލް ފެނިފައިވަނީ އެއާޕޯޓުގެ އޭވިއޭޝަން ސެކުއިރިޓީ އިން އޭނާ ބަލައި ފާސްކުރި ގަޑީގައި އެވެ. ހަޝިޝް އޮއިލް ޕެކެޓުތައް ފޮރުވާފައި ހުރީ ފައިގެ ފަލަމަސްގަނޑުގައި ހަރުކޮށްގެންނެވެ.

އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ލައްކައެއްހާ ރުފިޔާއަށް އަރާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެމީހާ އިންޑިއާގައި ހަފްތާއެއްހާ ދުވަސް ހޭދަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް