އިސްރާޢީލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަކަށް މޯދީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިސްރާއިލަށް އިއްޔެ ވަޑައިގެންފި އެވެ. މިއީ އިންޑިއާގެ ބޮޑު ވަޒީރަކު އިސްރާޢީލަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އިސްރާޢީލުގެ ތެލް އަވިވް އެއާޓުން މޯދީއަށް މަރުޙަ...

05 Jul 2017 | 05:30

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިސްރާއިލަށް އިއްޔެ ވަޑައިގެންފި އެވެ.

މިއީ އިންޑިއާގެ ބޮޑު ވަޒީރަކު އިސްރާޢީލަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

އިސްރާޢީލުގެ ތެލް އަވިވް އެއާޓުން މޯދީއަށް މަރުޙަބާ ދެއްނެވީ އިސްރާޢީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.

މީގެ ކުޑަދުވަސް ކޮޅެއް ކުރިން އިންޑިއާ އަދި އިސްރާޢީލާ ދެމެދު އޮންނަ ގުޅުމާއި ބެހޭގޮތުން މޯދީ ވިދާޅުވީ އިސްރާޢީލާއެކު އިންޑިއާގެ އޮންނަނީ ވަރަށް ޒަމާންވީ ގާތްގުޅުމެއް ކަމަށާއި، އިސްރާޢީލަށް ކުރާ އެ ދަތުރުފުޅުގައި ދެ ޤައުމުގެ ދިފާޢީ ބަރާއި، ސައިބާ ސެކިއުރިޓީ ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާއްވާނެކަމަށެވެ.

އިސްރާޢީލާއި އިންޑިއާއި ދެމެދު ކުރެވޭ އެއްބަސްވުންތަކުގެ ރަސްމީ ވާހަކަތައް ފަށާނީ މިއަދު އެވެ.

މޯދީ އިސްރާޢީލަށް ވަޑައިގެންނެވުމުން އިސްރާޢީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، އަދި މި ދަތުރުފުޅާއެކު އިންޑިއާ އާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އިންޑިއާއާއި އިސްރާޢީލާ ދެމެދު ދާޙިލީ ގުޅުން ޤާއިމްކޮށްފަ އޮންނަތާ މިހާރު 25 އަހަރުވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް