އެމެރިކާގެ 241 ވަނަ މިނިވަން ދުވަސް ފާހަގަކޮށްފި

ދުނިޔޭ ބޮޑު ބާރެއްކަމަށްވާ އެމެރިކާ މިނިވަންވިތާ 241 ފުރުން އެ ޤައުމުގައި އިއްޔެ ފާހަގަކޮށްފި އެވެ. އިނގިރޭސިންގެ އަތްދަށުން އެމެރިކާއަށް ފުރިހަމަ މިނިވަންކަން ލިބުނުކަން އިޢުލާންކުރީ ހަތަރެއް ޖުލައި ...

05 Jul 2017 | 03:39

ދުނިޔޭ ބޮޑު ބާރެއްކަމަށްވާ އެމެރިކާ މިނިވަންވިތާ 241 ފުރުން އެ ޤައުމުގައި އިއްޔެ ފާހަގަކޮށްފި އެވެ.

އިނގިރޭސިންގެ އަތްދަށުން އެމެރިކާއަށް ފުރިހަމަ މިނިވަންކަން ލިބުނުކަން އިޢުލާންކުރީ ހަތަރެއް ޖުލައި 1776 ވަނަ އަހަރު އެވެ.

އެމެރިކާއިން އެ ޤައުމުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިއްޔެ ވަނީ ޕެރޭޑުތަކާއި، ހަވާއެރުވުމާއި، ކޮންސާޓުތަކުގެ އިތުރުން އެކިކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

އެންމެ ޚާއްޞަކަމަށްވީ އެމެރިކާގެ ދެކުނުގައި އޮންނަ އައިލެންޑު ބީޗް ސްޓޭޓު ޕާރކު މަރާމާތުކުރުމަށްފަހު އަލުން ޢާންމުކޮށް ހުޅުވާލުމެވެ.

އެމެރިކާގެ މިނިވަންދުވަސް ފާހަގަކުރުމަށް އެ ޤައުމުގެ ރައީސް ޑޮނާލްޑު ޓްރަމްޕް މިހާރުވަނީ ގޮލްފު ކުޅުއްވުމަށް ނިއު ޖާރޒީގެ ބެޑްމިންސްޓަރއަށް ކުރެއްވި ދަތުރު މެދު ކަނޑުވާލެއްވުމަށްފަހު ވައިޓް ހައުސްއަށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް