ވައިނުސާފުވާ މިންވަރު ދައްކުރުމަށް ވިއެޓްނާމްގެ ސިޓީއެއްކަމަށްވާ ހަނޮއިން 2030 ވަނަ އަހަރުން ފެށިގެން މޮޓޯ ސައިކަލު ބޭނުންކުރުން މަނާކުރުމަށް ނިންމައިފި އެވެ.
އެ ސިޓީގެ ސިޓީ ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލު މެންބަރުންގެ މެދުގައި ވޯޓުލައިގެންނެވެ. އެ ނިންމުން ނިންމަންޖެހުނީ އެ ސިޓީގައި މޮޓޯސައިކަލުގެ އަދަދު މާބޮޑަށް އިތުރުވެގެން ދިއުމާއި ގުޅިގެންނެވެ.
އެ ސިޓީގައި ކޮންމެ ކިލޯމީޓަރަކަށް 2500 މޮޓޯސައިކަލު މިހާރު ބޭނުންކުރެ އެވެ.
މޮޓޯސައިކަލުން ބޭރުކުރާ ދުމުގެ ސަބަބުން ސިޓީގެ ވައިނުސާފުވުމުން ނުރައްކާތެރި ބަލިމަޑުކަމާއިވެސް އަންނަނީ ކުރިމަތިލަމުންނެވެ. އެގޮތުން ފައިތުވި އަހަރު 282 ދުވަސް ވަންދެން ނުރައްކާތެރި ގޭހުގެ ވައްތަރެއްކަމަށްވާ، ޕީއެމް2.5 އެ ސިޓީގެ ވައިގެތެރޭގައި ވަރަށް މަތީ އަދަދަކަށް ހުރި އެވެ.
ކައުންސިލުން ބުނީ އެ ނިންމުމުގެ މަޤުޞަދަކީ މަގުތަކުގައި ބާރުބޮޑުވުން ކުޑަކުރުމާއި، ވައި ނުސާފުވާ މިންވަރު ދައްކުރުމެވެ.
އެ ނިންމުން އެ ގޮތައް ނިންމި ނަމަވެސް އެ ސިޓީގެ ރައްޔިތުން އެއީ ކުރެވިދާނެކަމެއް ކަމަށް ނުދެކެ އެވެ. ދަތުރު ފަތުރުކުރުމަށް އެންމެ ކުޑަމިނުން ފަސޭހަކަމާއެކު ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްވެސް އެ ސިޓީގައި ނުލިބޭކަމަށް އެ މީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް