ކޯވިޑް-19 އަށް އިތުރު 11 މީހަކު ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ހާމަކުރި މައުލޫމާތު ތަކަށް ބަލާއިރު މިއަދު ހަވީރު 6:00 އާއި ހަމައަށް ޕޮސިޓިވްވެފައިވަނީ އަށް ދިވެހިންނާއި ތިން ބިދޭސީންނެވެ. ޕޮސިޓިވްވި ތިން ބިދޭސީންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިދިޔަ ހަތަރު ވަރަކަށް ދުވަހު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވަނީ ވަރަށް މަދު ބައެކެވެ. އިއްޔެ 22 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ކުރީ ދުވަހު ޕޮސިޓިވްވެފައިވަނީ ނުވަ މީހުންނެވެ.
މިއަދު ޕޮސިޓިވްވި 11 މީހުންނާއި އެކު ރާއްޖެއިން ބައްޔަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 1،883 އަށް އަރާފައި އެވެ. އޭގެ ތެރެއިން 717 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި ހަތް މީހަކު މަރުވެފައިވެ އެވެ. އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ކޯވިޑަށް 28،440 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް