މާލެ ސަރަހައްދުން ފަރުމަހަށް ދާ ފަރާތްތަކާއި ކުދި ދޯނިފަހަރުގައި މަސްވެރިކަމަށް ދާ ފަރާތްތައް ނަން ނޯޓުކުރަން ފަށާފައިވާކަމަށް މާލޭ ސިޓީ މޭޔަރު ވިދާޅުވެއްޖެއެވެ.
އެގޮތުން މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިހާރު އަންނަ އެންމެ ބޮޑު މައްސަލައަކީ ފަރުމަހަށް ދާން ބޭނުން މަސްވެރިންނަށާއި ކުދި ދޯނިފަހަރުގެ މަސްވެރިންނަށް މަހަށް ފުރޭނެ ގޮތެއް ނެތުން ކަމަށެވެ.
"މާލޭ ސަރަހައްދުގެ މަސްވެރިންގެ ނަން ނޯޓުކޮށް މައުލޫމާތު އެއްކުރަމުން އެބަދަން" މޭޔަރު ވިދާޅުވެފައިވެއެވެ.
ފަރުމަހަށް ދާ ފަރާތްތައް ނަން ނޯޓުކުރަން ފަށާފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް މިހާރުވެސް ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. އަދި މިހާރު ދީފައިވާ ލުއިތައް އަދިވެސް ލުއިކޮށް މަޑުމަޑުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދޭނެކަން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް