މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ޚާއްޞަ ވައިބާ ސްޓިކާ ޕެކެއް ތަޢާރަފްކޮށްފިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިއީ މިފަދަ ގޮތަކަށް ތަޢާރަފް ކޮށްފައިވާ ފުރަތަމަ ވައިބާ ސްޓިކާ ޕެކެވެ. އަދި ވައިބާ އަކީ ދިވެހިންގެ މެދުގައި މަޤުބޫލު، އަދި ގިނަ އަދެދެއްގެ ދިވެހިން ބޭނުންކުރާ އެޕްލިކޭޝަނެއްކަން ފާހަގަކުރެއެވެ.
މިނިސްޓްރީއިން ތަޢާރަފުކޮށްފައިވާ ވައިބާ ސްޓީކާ ޕެކުގައި، ހަކަތައާއި، ފެނާއި، ކުނިނޭޅުމުގެ އިތުރުން ތިމާވެށްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނެއެވެ. މި ވައިބާ ސްޓިކާ ޕެކް ބޭނުންކުރެއްވުމަށް ޝެއާ ކޮށްފައިވާ ލިންކު ނުވަތަ ކިއުއާރު ކޯޑު ބޭނުންކުރައްވައިގެން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ޑައުންލޯޑް ކުރެއްވުމަށްފަހު ބޭނުން ކުރެވޭނެއެވެ.
[contentcards url="https://stickers.viber.com/pages/custom-sticker-packs/11ea9b84774dcc3ab1556fd199151d88cf7d2a6e0cfd986av13" target="_blank"]
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައި މިވަނީ ކޮވިޑް-19 ގައި ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ގިނަ ރައްޔިތުން ދިބި ދުވަސްވަރެއް ކަމުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށްވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް