މަސްތުގެ ހާލަތުގައި ތިބި ބަޔަކު މާރާމާރީއެއް ހިންގައި އެކަކު ޒަޚަމްކޮށްލައިފި

މަސްތުގެ ހާލަތުގައި ތިބި ތިން މީހަކު މިއަދު މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ، މިއަދު ހަވީރު ޝަހީދު އަލީ ގޯޅި ތެރޭގައި މަސްތުގެ ހާލަތުގައި ތިބި ތިން މީހަކު މާރާމާރީ ...

05 Jun 2019 | 13:22

މަސްތުގެ ހާލަތުގައި ތިބި ތިން މީހަކު މިއަދު މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހަވީރު ޝަހީދު އަލީ ގޯޅި ތެރޭގައި މަސްތުގެ ހާލަތުގައި ތިބި ތިން މީހަކު މާރާމާރީ ހިންގާފައި ވާކަމަށެވެ. މި މާރާމާރީގައި އެތަނުން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީ ހިންގީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މާރާމާރީ ހުއްޓުވަން އެވަގުތު އެތަނަށް ދިޔަ ފުލުހުންނަށް އޭގެތެރެއިން އެކަކު ހަމަލާ ދީފައިވާކަމަށް ވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް